Quantcast
Channel: އޭޝިއާ – Dhiislam
Viewing all articles
Browse latest Browse all 29

އިސްލާމީ އިޤްތިޞާދީ ނިޡާމުގެ އަލީގައި މިދުނިޔެ އިޤްތިޞާދީ އަޑިގަނޑަކުން ސަލާމަތްކުރެވިދާނެ: އުރްދުޣާން

$
0
0

އިސްލާމީ އިޤްތިޞާދީ ނިޡާމުގެ އަލީގައި މިދުނިޔެ އިޤްތިޞާދީ އަޑިގަނޑަކުން ސަލާމަތްކުރެވިދާނެ ކަމަށް އުރްދުޣާން ވިދާލުވެއްޖެއެވެ.

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާން މިހެން ވިދާޅުވެފައިވަނީ މިޖޫން މަހުގެ 14 ވަނަ ދުވަހުން 16 ވަނަ ދުވަހަށް ބޭއްވުނު ބައިނަލް އަޤްވާމީ އިޤްތިޞާދީ އަދި މާލީ ބައްދަލުވުމުގައި (އިންޓަނޭޝަނަލް ކޮންފަރަންސްއޮން އިސްލާމިކް އެކޮނޮމިކްސް އެންޑް ފައިނޭންސްގައި) ވާހަކަފުޅު ދައްކަވަމުންނެވެ.

އުރްދުޣާން ވިދާޅުވެފައިވާ ގޮތުގައި ކޯވިޑް 19 ގެ ޢާލަމީ ވަބާއިން މުޅި ދުނިޔޭގެ އިޤްތިޞާދުތައް ހީނަރުވަމުންދާ އިރު، އިސްލާމީ އިޤްތިޞާދަކީ މިއަޑިގަނޑުން ސަލާމަތްވުމަށް އަޅުގަނޑުމެންގެ އަތްމަތީގައިވާ ތަޅުދަނޑިއެވެ.

މިކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ވިދާޅުވެފައިވަނީ "އޯވާރ ފައިނޭންސް ކުރުމުގެ ސަބަބުން މިހާރުވަނީ "ދުޅަވެފައިވާ" އިޤްތިޞާދީ މޮޑެލެއް އުފެދިފައި" ކަމަށާއި، ދިގު މުއްދަތެއްގެ ތެރޭގައި ކުރެވޭ ބޮޑެތި އިންފަރާންސްޓްރަކްޗަރ އިންވެސްޓްމެންޓު ތަކުގައި ސުކޫކުގެ ބޭނުންކުރުން އިތުރުކުރަން ޖެހޭކަމަށެވެ. އަދި މީގެ އިތުރުން އިޤްތިޞާދުގެ ސަބަބުން ކުރާ އަޘަރުތަކަށް އަލިއަޅުއްވާލައްވަމުން އުރްދުޣާން ވިދާޅުވެފައިވާ ގޮތުގައި ބައެއް ޤައުމުތަކުގައި ހެލްތު އިންޝުއަރެންސާއި ނުލާ، އިންސާނުން މަރަށް ދޫކޮށްލެވެއެވެ. އަދި ބާރުގަދަ ޤައުމުތަކުގެ އިޤްތިޞާދުތަކާއި މެދު ސުވާލު އުފައްދަވަމުން، އެޤައުމުތަކުން ރައްޔިތުންނަށް އެއްމެ އަސާސީ ބޭސްފަރުވާ އާއި، މާސްކުފަދަ ތަކެތި ފޯރުނުކޮށްދެވެނީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ.

"މިދިޔަ ދުވަސްތަކުގެ ތެރޭގައި ހުޅަނގުގެ ޤައުމުތަކުގެ މަގުތަކުގައި ކުރިއަށްދިޔަ ޙަރަކާތްތަކުން ނަސްލީ އިމްތިޔާޒުގެ އިތުރުން، މިޢާލަމީ ވަބާގެ ތެރެއިން އެހެނިހެން ނާއިންޞާފީ ޢަމަލުތައްވެސް ވަނީ ފާހަގަވެފައި" އުރްދުޣާން ވިދާޅުވިއެވެ.

ކޯވިޑް 19 ގެ ޢާލަމީ ވަބާގެ ތެރޭގައި 4 ލައްކައެއްހާ މީހުން މަރުވެފައިވުމަކީ ހަމައެކަނި ބަލީގެ ސަބަބުން ނޫންކަމާއި، އެއީ ގިނަ ޤައުމުތަކުގައިވާ މުއްސަނދިން ޙިމާޔަތް ކުރުމުގެ އުޞޫލުތަކުގެ ސަބަބުން ކަމަށް ވިދާޅުވަމުން ތުރުކީ ރައީސް ވިދާޅުވެފައިވާ ގޮތުގައި އެއްމެ ކުޑަ ގެއްލުމަކާއިއެކު މިކަމުން ސަލާމަތްވެފައިވާ އެއްޤައުމަކީ ތުރުކީއެވެ. އެހެނީ ތުރުކީއިން އަމިއްލަ ރައްޔިތުންގެ ބޭނުންތަކުގެ އިތުރުން 125 ޤައުމަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިޤައުމުތަކުގެ ތެރޭފައި އިނގިރޭސި ވިލާތާއި، ސްޕެއިން، އިޓަލީ، ސާރބިޔާ، އަދި ކޮސޯވޯ ހިމެނެއެވެ. މީގެ އިތުރުން ތުރުކީއިން ކޯވިޑް 19 އާއި އިދިކޮޅަށް އުފެއްދި ނެޝަނަލް ސޮލިޑޭރިޓީ ކެމްޕެއިނަށް ޚުދު އުރްދުޣާންގެ 7 މަހުގެ މުސާރަވަނީ ހަދިޔާ ކުރައްވާފައެވެ.

The post އިސްލާމީ އިޤްތިޞާދީ ނިޡާމުގެ އަލީގައި މިދުނިޔެ އިޤްތިޞާދީ އަޑިގަނޑަކުން ސަލާމަތްކުރެވިދާނެ: އުރްދުޣާން first appeared on Dhiislam.


Viewing all articles
Browse latest Browse all 29

Latest Images

Trending Articles





Latest Images